ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)461-AS/1/2016/13
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 16 ޖޫން 2016 13:00
ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހާންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް ޑޭޓާބޭސް ހެދުމަށް ނެޝަނަލް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

މަޤާމު: ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރިފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވެބްސައިޓުގެ http://eedp.moe.gov.mv/#/ "ޑައުންލޯޑްސް" އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެދުރުހިޔާ އިމާރާތުގެ 09 ވަނަ ފަންގިފިލާއަށް ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް އެޑްރެސްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341280 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.

އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

އަޒްހާ ޒަމީރު

އެސިސްޓަންޓް ޑައިރެކްޓަރ

ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް

09 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

މާލެ، ދިވެހިރާއްޖެ

ފޯނު: 3341280

[email protected] :އީމެއިލް

މަޤާމަށް ހޮވުން:

- މި މަސައްކަތަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު ، ޖަނަވަރީ 2011 " ގައިވާ ގޮތުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު:

- މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ނަންބަރު 3341280 އާ ގުޅުއްވުން އެދެމެވެ.

08 ޖޫން 2016