މަސައްކަތް
ނަންބަރު: ADMHR-MPL/2016/59
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 12 ޖޫން 2016 12:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މި ކުންފުނީގެ މައި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޓެރަސްގައި 250 (ދުއިސައްތަ ފަންސާސް) އަކަފޫޓުގެ ބޮޑުމިނުގެ ތަނެއްގައި އަމިއްލަ ތަކެތީގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 12:00 އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ.               

02 ރަމަޟާން 1437

 

08 ޖޫން 2016