ވަޒީފާގެ ފުރުޞަތު
ނަންބަރު: IAS/MIS/2016-1137
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 16 ޖޫން 2016 13:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :މެސެންޖަރ ޓްރެއިނީ
ބޭނުންވާ އަދަދު :1

މެސެންޖަރ ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު 57/J/2016)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ދިއުން، އޮފީސް ފޮޅައި ސާފުކުރުމުގެ އިތުރުން މުދާ އުފުލައި ބޭލުން.     

ފެންވަރު ނުވަތަ ޝަރުޠު:

-  ގްރޭޑް 10ގެ ފެންވަރު ހުރުން، މީގެ ތެރޭގައި ހިސާބު އަދި އިނގިރޭސިބަހުން ލިޔެ ކިޔަން އެނގުން.

-  މި މަޤާމަށް މީހުން ހޮވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (ސައިކަލް އަދި ކާރު ދުއްވުމުގެ ކެޓަގަރީން އޭ0، ބީ1 އަދި ބީ2 ގެ) ލައިސަންސް ލިބިފައިވުމުގެ އިތުރުން، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނޭ މީހުންނަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އައިލެންޑް އޭވިއޭޝަން ހެޑްއޮފީސް / މާލެ

މަޤާމް :ލައުންޖް ހޯސްޓް/ ހޯސްޓެސް ޓްރެއިނީ
ބޭނުންވާ އަދަދު :1

ލައުންޖް ހޯސްޓް/ ހޯސްޓެސް ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު 56/J/2016)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ލައިން މެނޭޖަރުގެ އިރުޝާދުގެ ދަށުން، ލައުންޖަށް ދުވަހުން ދުވަހަށް ޒިޔާރާތްކުރާ ކަސްޓަމަރުންނަށް ބޭނުންވާ ކަންތައްތައް ބަލައި، އެބޭފުޅުންގެ ޝަކުވާއެއްވާނަމަ އެ ޝަކުވާއެއް ހައްލުކުރުމާއެކު، އެ ބޭފުޅުންނަށް ބޭނުންވާ ތަކެތި ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި ހުރީ ބޭނުންކުރެވޭ ހާލަތެއްގައިތޯ ބަލައި ކަށަވަރުކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

- މަތީޘާނަވީ އިމްތިޙާނު ފުރިހަމަކޮށް، އިނގިރޭސި އަދި ހިސާބު، މި ދެމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

މަސައްކަތް ކުރަންޖެހޭ ތަން: ލައުންޖު ސަރވިސަސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، 16 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

އައިލެންޑް އޭވިއޭޝަން ހެޑްއޮފީސް

މ. ރާވެރިގެ، މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806    

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯޓްލިސްޓެޑް ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. 

03 ރަމަޟާން 1437

08 ޖޫން 2016