ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު މިމަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)MMPRC-HAS/1/2016/22 (21 އެޕްރީލް 2016) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ. |
|
މަޤާމުގެ ނަން: ޕްރޮކިއުމަންޓް އެގްޒެކެޓިވް |
ބޭސިކް މުސާރަ: -/6,600 ރުފިޔާ އެލަވަންސް: -/4,400 ރުފިޔާ |
ޑިޕާޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް |
ބޭނުންވާ އަދަދު: 1 |
ޝަރުޠު: - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރޮކިއުމަންޓުގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|
ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 16 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް. | |
:ހުށަހަޅަންޖެހޭ ލިޔުންތައް - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެޓެސްޓް ކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.) |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް - މި ކޯޕަރޭޝަނުން އެކިކަންކަމުގައި ތައްޔާރުކުރާ އިޢުލާންތައް ތައްޔާރުކޮށް ފޮނުވުން. - ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) ލިޔެ ތައްޔާރުކުރުން. - އިވެންޓްތަކާ ގުޅުންހުރި ބިޑްތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން. - އިވެލުއޭޝަން ރިޕޯޓްތައް ތައްޔާރުކުރުން. - އިވެންޓްތަކާ ގުޅުންހުރި ބިޑްތައް ރައްކާތެރިކޮށް، ރަނގަޅު އެރޭންޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިންމު ލިޔުންތައް އޯޑިޓަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށަހެޅުން. - އެކި ފަރާތްތަކާއެކު މި ކޯޕަރޭޝަނުން އެއްބަސްވެވޭ އެގްރީމަންޓްތައް ޑްރާފްޓްކޮށް އެކަމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން. - ސެކްޝަންގެ ސިޓީ، ނޯޓު ފަދަ ލިޔުންތައް ތައްޔާރުކުރުން. - މިކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން. |
|
އިތުރު މަޢުލޫމާތު
ސިޓީ އެޑްރެސް ކުރައްވާނީ: ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
3 ރަމަޟާން 1437 |