ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HAS/1/2016/34
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 16 ޖޫން 2016 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މާކެޓިންގ އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މާކެޓިންގ އެގްޒެކެޓިވް

މުސާރަ: -/6,600 ރުފިޔާ

އެލަވަންސް: -/4,400 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑެސްޓިނޭޝަން ސެކްޝަން 

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މާކެޓިންގގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ނިންމަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.

-  ހަވާލުކުރެވޭ މާކެޓްތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި، މިކޯޕަރޭޝަންގެ ފަރާތުން އިންތިޒާމު ކުރާ ހަރަކާތް ( ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރ އަދި އެހެނިހެން އިވެންޓް) ތަކުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

- ހަވާލުކުރެވޭ މާކެޓްތަކުގެ ރިޕޯޓްތައް ނިންމުން.

- ފެމިލިއަރައިޒޭޝަން ޓްރިޕް ފަދަ ޕްރޮގްރާމްތައް ރާވައި އެޕްރޮގްރާމްތަކުގައި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުން.

- މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާ ބެހޭގޮތުން ކަވަރުކުރާ އާޓިކަލްތައް އެ މާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި  ނުވަތަ އެހެނިހެންވެސް ގޮތްގޮތުން މޮނިޓަރކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.

- މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާ ރިޕޯޓް ތައްޔާރުކުރުން.

- މި ކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 16 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

:ހުށަހަޅަންޖެހޭ ލިޔުންތައް

-  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

-  ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

-  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

:އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

3 ރަމަޟާން 1437

08 ޖޫން 2016