ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/151
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 16 ޖޫން 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެކޭނިކަލް އެސިސްޓަންޓެއް ބޭނުންވެއްޖެ

މަޤާމް :މެކޭނިކަލް އެސިސްޓަންޓް
ބޭނުންވާ އަދަދު :1

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު:   މެކޭނިކަލް އެސިސްޓަންޓް ގރ.1

އަދަދު:   1

މުސާރަ: -/4690 ރ

ވަޒީފާގެ ބާވަތް:  ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭ ތަން:  އެޑްމިނިސްޓްރޭޝަން / އެސްޓީއޯ ހެޑް އޮފީސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

* ކުންފުނީގެ އިމާރާތްތަކުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި އަދި މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން.

* ކުންފުނީގެ އިމާރާތްތަކުގެ ކޭބަލް ވަޔަރިންއާއި އަދި އެހެނިހެން މަރާމާތުގެ ކަންތައް ބަލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

* އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރޯނިކްސް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ ކޯސް ފުރިހަމަކޮށްފައިވުން.

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. 

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު،

ފޯނު: 3344333 ، 3344273.

 

 

 

 

08 ޖޫން 2016