ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް:
ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް ޑޭޓާބޭސްއެއް ހެދުމަށް ނެޝަނަލް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.
މަޤާމު: ކޮންސަލްޓަންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
ފެންވަރު ނުވަތަ ޝަރުޠު:
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރިފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓުގެ http://eedp.moe.gov.mv/#/ "ޑައުންލޯޑްސް" އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން:
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 08 ގެ 13:00 ގެ ކުރިން އެދުރުހިޔާ ޢިމާރާތުގެ 09 ވަނަ ފަންގިފިލާގައި ހުންނަ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް އެޑްރެސްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341280 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން އެޑްރެސްކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
އަޒްހާ ޒަމީރު
އެސިސްޓަންޓް ޑައިރެކްޓަރ
ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް
09 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،
މާލެ، ދިވެހިރާއްޖެ
ފޯނު: 3341280
އީމެއިލް: [email protected]
މަޤާމަށް ހޮވުން:
- މި މަސައްކަތަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011 " ގައިވާ ގޮތުގެމަތިންނެވެ.
އިތުރު މަޢުލޫމާތު:
- މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ނަންބަރު 3341280 އާ ގުޅުއްވުން އެދެމެވެ.