ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2016/48
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 19 ޖޫން 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

އިޢުލާން

ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

ރ.މާކުރަތުން ޕަބްލިކް ވާރކް ސަރވިސަސް އަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެއެވެ.

ޕަބްލިކް ވާރކް ސަރވިސަސް އަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ރ.މާކުރަތު ނޫތަރި އަދި ތިންތަރި އެވެ ކިޔާ ގޯތީގެ އިރުމަތިން އޮތް ބްލޮކް އެވެ. ވެރި ފަރާތްތައް ހޯދުމަށް ބޭނުންވާ ރުއްގަހުގައި ހުދު ދަވާދުން ބަންދު އަޅައި ނަންބަރު ޖަހާފައިވާނެއެވެ. އަދި މިރުއްގަހުގެ ލިސްޓު މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

ވީމާ، މިސަރަހައްދުގައި ހުރި ރުއްގަހުގެ ވެރި ފަރާތްތަކުން 19 ޖޫން 2016 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ވެރިޔަކު ސާބިތުކޮށްދެވިފައިނުވާ ރުއްގަސް ހުރިނަމަ ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ރަމަޟާން 1437 

07 ޖޫން 2016