ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GAAH-HR/2016/15
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 20 ޖޫން 2016 13:00
ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެކައުންޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގއ. އަތޮޅު ހޮސްޕިޓަލް / ގއ. ވިލިނގިލި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މާލިއްޔަތާބެހޭ ގަވާއިދުގައިވާގޮތުގެމަތިން ހޮސްޕިޓަލުގެ ބަޖެޓް ބެލެހެއްޓުން.

- ހޮސްޕިޓަލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން މަހުން މަހަށް ފައިސާ ހޯދުން.

- އެ އަހަރަކަށް ލަފާކުރާ ބަޖެޓް ލިބުމުން، ބަޖެޓް އެނެލައިޒްކޮށް، އަހަރު ދުވަހަށް ބަހާލައިގެން ޚަރަދުކުރުން.

- ހޮސްޕިޓަލަށް ލިބޭ ބިލްތަކަށް، އެ ބިލެއްގައިވާ މުއްދަތަށް ގަވާއިދުން ފައިސާ ދެއްކުން.

- ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރުމުގައި ވައުޗަރ ތައްޔާރުކުރުމާއި، ވައުޗަރަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް، ގަވާއިދާ އެއްގޮތަށް ޚަރަދުކުރުން.

ތަޢުލީމާއި ތަޖުރިބާ:

- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު  ފައިނޭންސް، އިކޮނޮމިކްސް،  މެތަމެޓިކްސް،  ސްޓެޓިސްޓިކް،  އެކައުންޓިންގ  ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް،ސްޓެޓިސްޓިކް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

- ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/25 ރުފިޔާ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ގއ. އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އިންޓަވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން ލިޔުމުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6820070 އެވެ.

2 ރަމަޟާން 1437

07 ޖޫން 2016