ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 374-C/2016/46
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 13 ޖޫން 2016 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއިދާރާއަށް ގަންނަން ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް އެދި ކޮށްފައިވާ ނަންބަރު: 374-C/2016/41 (23 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

01 ސާވަރ ސިސްޓަމް

02 ވަޔަޑް މައިކް

03 މައިކް ސްޓޭންޑް

06 މޭޒުމަތީ ފޯނު

02 ބެންޗް ސެޓް (04 ގޮނޑީގެ)

30 ދަގަނޑު ހޮޅި  ¼1

06 ލެޕްޓޮޕް

200 ޕްލާސްޓިކް ގޮނޑި އަތްގަނޑު ނުލާ

01 ޕްރިންޓަރ HP

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. ނިލަންދޫ ކައުންސިލް އިދާރާއަށް ގަތުމަށް ބޭނުންވާ ތަކެތި ވިއްކުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

މަޢުލޫމާތު ސާފުކޮށްދިނުން

13 ޖޫން 2016 ހޯމަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީހިސާބު ކެނޑުން

16 ޖޫން 2016 ބުރާސްފަތި ދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ޝަޢުބާން 1437

05 ޖޫން 2016