މަސައްކަތް
ނަންބަރު: (IUL)333/333/2016/34
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 15 ޖޫން 2016 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕުރީސްކޫލް ޢިމާރާތުގެ ދެވަނަ ފޭހުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ. ތުލުސްދޫ ޕުރީސްކޫލް ޢިމާރާތުގެ 2 ވަނަ ފޭހުގެ މަސައްކަތްކުރުން:

މި ކައުންސިލުން އަޅަންފަށާފައިވާ ކ. ތުލުސްދޫގައި ޕުރީސްކޫލުގެ ފުރަތަމަ ފޭހުގެ މަސައްކަތްނިމި 2 ވަނަ ފޭހުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.       

ވީމާ، މި އިދާރާއިން ހުށަހަޅާ ކުރެހުންތަކާއި ދެވޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އަމިއްލަ ތަކެތީގައި އެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ލިބިގަތުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ގަޑި

ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން

15 ޖޫން 2016

13:00

މަޢުލޫމާތު ހޯދި ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުން

23 ޖޫން 2016

13:00

މަޢުލޫމާތު ހޯދި ފަރާތްތަކުން އަގު ހުށަހެޅުން

30 ޖޫން 2016

13:30

ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓުދެވޭނެ އުސޫލު

  1. މަސައްކަތުގެ ތަޖުރިބާ      10 ޕޮއިންޓް
  2. ޓެކްނިކަލް ކެޕޭބިލިޓީ      15 ޕޮއިންޓް
  3. މުއްދަތު             25 ޕޮއިންޓް
  4. ހުށަހަޅުއްވާފައިވާ އަގަށް    50 ޕޮއިންޓް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ހަރަކާތްތައް އޮންނަ ތާރީޚާއި ގަޑީގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރިނުވެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ޝަޢުބާން 1437

01 ޖޫން 2016