މަސައްކަތް
ނަންބަރު: (IUL)23-AP/1/2016/69
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 12 ޖޫން 2016 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޗައިލްޑް ހެލްތު ރިކޯޑު ފޮތުގެ ލޭއައުޓް ހަދައި ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުން ތައްޔާރުކޮށްފައިވާ ޗައިލްޑް ހެލްތު ރިކޯޑު ފޮތުގެ ލޭއައުޓް ހަދައި ޕްރިންޓު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/27 (12 މޭ 2016) އިޢުލާނަށް ހުށަހަޅާފައިވާ ބައެއް އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ ވާދަކުރާނެ ތިން ފަރާތް ނެތުމުން އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

2 ރަމަޟާން 1437
07 ޖޫން 2016