ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ތިރީގައި މި ދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
1. 01 އެސް.އެމް.އީ ކޮންސަލްޓެންޓް
މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ޖެހޭނެއެވެ.
· ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
· މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
· ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 19 ޖޫން 2016 ގެ 11:00 ގެ ކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.
ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަހަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333106، 3333196 (960)+
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
02 ރަމަޟާން 1437