ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-HRD/IUL/2016/45
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 23 ޖޫން 2016 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ސިވިލް އެސިސްޓެންޓް

މަޤާމް :ސިވިލް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު:       ސިވިލް އެސިސްޓެންޓް

ބޭނުންވާ އަދަދު:   01

މުސާރަ:      މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް: ސަރވިސް އެލަވަންސްގެގޮތުގައި މަހަކު: -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސްގެގޮތުގައި މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އޯ-ލެވަލް އިމްތިޙާނުގައި ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން،

- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

- މީލާދީގޮތުން 18 އަހަރު ފުރިފައިވުން،

- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކުކަމުގައި ނުވުން.

މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:   މާލެ

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:    ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތަޢުލީމީ ސަނަދު ނުވަތަ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓުފިކެޓުތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ، އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓްސައިޒުގެ ފޮޓޯ،

- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 ޖޫން 23 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

ނޯޓު: 

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުން ލިބެން ހުންނާނެއެވެ. އަދި  މޯލްޑިވްސް ޕޮލިސް ސަރވިސްގެ www.police.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްކުރެވެން ވެސް ހުންނާނެއެވެ.

- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ.

29 ޝަޢުބާން 1437

 

05 ޖޫން 2016