ވަޒީފާގެ ފުރުޞަތު
ނަންބަރު: IS-HR/2016/11
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 15 ޖޫން 2016 14:00
އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ޢައްޔަންކުރުން

އިޢުލާން

ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ޢައްޔަންކުރުން:

މި ސްކޫލުގެ ލީޑިންގ ޓީޗަރުގެ މަސްއޫލިއްޔަތު އަދާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ޓީޗަރުން މި އިޢުލާނާ އެއްގޮތަށް ޢަމަލުކުރުން އެދެމެވެ.

  • ބޭނުންވާ އަދަދު: 2 (ދޭއް)
  • ބަލަހައްޓަންޖެހޭ ގްރޭޑް/މާއްދާ: ޕްރައިމަރީ / ގްރޭޑް 4 ،5 ގެ ދިވެހި، އިސްލާމް، ޤުރްއާން ފިޔަވައި އެހެން މާއްދާތައް، ސެކަންޑަރީ / ގްރޭޑް 8 ،9 ، 10 ގެ ދިވެހި، އިސްލާމް، ޤުރްއާން ފިޔަވައި އެހެން މާއްދާތައް.
  • މަސްއޫލިއްޔަތު ހަވާލުކުރެވޭ މުއްދަތު: ތަޢުލީމީ ކަލަންޑަރުގެ 2 އަހަރުދުވަސް

މަޤާމުގެ ޝަރުޠު:

  • ހަވާލުކުރެވޭ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ތަމްރީނުވެފައިވާ ފަރާތަކަށްވުން.
  • ކިޔަވައިދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ލީޑިން ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ޢައްޔަނުކުރުމުގައި ޕޮއިންޓްދޭނެ ގޮތް:

ލީޑިންގ ޓީޗަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި މިންކުރާނީ ތިރީގައިވާގޮތަށް، މެރިޓް އުޞޫލުންނެވެ.

1- ވާދަކުރާ މުވައްޒަފުންނަށް ލިބިފައިވާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދަށާއި، އެއަށްވުރެ މަތީ ހުރިހާ ސަނަދަށް ބަލައި، ތިރީގައިއެވާގޮތަށް ލިބޭ ޖުމްލަ ޕޮއިންޓުން ތަރުތީބުކުރުން.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް

ޕޮއިންޓް

4

25

5

35

6

45

7

60

8

65

9

75

10

85

2- މަތީގައިވާގޮތަށް ތަރުތީބުކޮށް، އެއްވަރަށް ޕޮއިންޓް ލިބޭ ދެ މުވައްޒަފުންގެ މެދުގައި ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ފަރަގުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މުވައްޒަފުންނަށް 2013 ވަނަ އަހަރުގެ އެޕްރައިޒަލުން ލިބިފައިވާ ޖުމްލަ މާކުހަށާއި، ޚިދުމަތު މުއްދަތަށް ބެލުން.

ލީޑިންގ ޓީޗަރުގެ މަސްއޫލިއްތަޔު ހަވާލުކުރެވޭ ފަރާތަށް ދެވޭ އެލަވަންސް:

ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރުފިޔާ.

ލީޑިންގ ޓީޗަރުންގެ މައިގަނޑު މަސްއޫލިއްޔަތު:

1- މިނިސްޓްރީގެ ސިޔާސަތުތައް ސުކޫލްގައި ތަންފީޒުކުރުމަށް ޕްރިންސިޕަލަށް އެހީތެރިވެދިނުން.

2- ޕްރިންސިޕަލް ނެތް ހާލަތެއްގައި، އޭނާގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.

3- ކިޔަވައިދެމުންދަނީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށްތޯ ބަލައި، ކިޔަވައިދިނުން ތަރައްޤީކުރުމަށް ޓީޗަރުންނަށް އިރުޝާދުދިނުން.

4- ކިޔަވައިދޭ މާއްދާތަކުގެ ކޯޑިނޭޝަން މީޓިންތައް ރާވައި ކުރިޔަށްގެންދާގޮތް ބަލައި ރިކޯޑު ބެލެހެއްޓުން.

5- ޓީޗަރުން ތައްޔާރުކުރާ ލެސަންޕްލޭންތަކަކީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް ތައްޔާރުކުރެވޭ ލެސަން ޕްލޭނެއްތޯ ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޓީޗަރުންނަށް އެހީތެރިވެދިނުން.

6- ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ، ޓީޗަރުން ލައްވާ އެކަންކަން ކުރުވުމާއި، އެކަންކަން ކުރެވެމުންދާގޮތް ބަލައި މޮނިޓަރކުރުން.

7- ސުކޫލުގެ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.

8- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

9- ވަކިވަކި މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.

10- ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަން ދެނެގަނެ، ޓީޗަރުންނާއި ބެލެނިވެރިންނާއި ސުކޫލުގެ ވެރިންގެ ސަމާލުކަމަށް އެކަންކަން ގެނައުމާއި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ހިންގަންޖެހޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.

11- ދަރިވަރުންގެ ކުރިއެރުމާ ބެހޭގޮތުން ބެލެނިވެރިންނާއި، ސުކޫލުގެ ވެރިންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.

12- ކުލާހާއި ކުލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސުކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

13- ރިލީފް ގަޑި ނެގުން.

14- ސުކޫލުގައި ހިންގާ ކުލަބު ހަރަކާތްތައް ވިލަރެސްކުރުން.

15- ކިޔަވައިދިނުމާ ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ހާލަތުގައި ސުކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެމަތިން އެފަދަ ކަންތައްތައް ކޯޑިނޭޓްކުރުން.

16- ސުކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން.

17- މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިއްޖެނަމަ، އެ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

18- ކޮންޓެކްޓް ގަޑީގެގޮތުގައި މަދުވެގެން 35 މިނިޓުގެ 6 ގަޑި ނުވަތަ 45 މިނިޓުގެ 5 ގަޑި ނަގައި، ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު)

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ  ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.

މަޤާމަށް އެދެންވީ ސުންގަޑި:

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލުގެ އޮފީހަށް.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސްއޫލިއްޔަތު ޙަވާލުކުރެވޭނެއެވެ. ލީޑިން ޓީޗަރގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތުގެ ސްޕެޝަލައިޒޭޝަން "ލީޑިން ޓީޗަރ" ގެ ނަމަށް ބަދަލުކުރެވޭނެއެވެ. އަދި 2 އަހަރުގެ ޓެނުއަރ ހަމަވުމުން، އިތުރު ދައުރަކަށް ޢައްޔަން ނުކުރެވޭނަމަ، އަނބުރާ ޓީޗަރަކަށް ބަދަލުކުރެވޭނެއެވެ.

29 ޝަޢުބާން 1437

05 ޖޫން 2016