ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)CHSE-SMT/1/2016/30
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 20 ޖޫން 2016 13:30
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:                ކޮމްޕިއުޓަރ ޓެކްނީޝަން (ދާއިމީ)

ބޭނުންވާ އަދަދު:           1

މަޤާމްގެ ކްލެސިފިކޭޝަން:      ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                އެމް.އެސް 1

މުސާރަ:               -/5610 ރުފިރާ

ސަރވިސް އެލެވަންސް:      -/2000 ރުފިޔާ

ވަޒީފާއަދާ ކުރަންޖެހޭ ތަން:    ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އިދާރީ

އިތުރު ގަޑި:            އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އަސާސީ ޝަރުޠު

1- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެމަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މި ސެންޓަރުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ މަސައްކަތް ބެލެހެއްޓުން. މިގޮތުން ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް، ސޮފްޓްވެއަރ އަޕްޑޭޓްކުރުމާއި، ސެންޓަރގެ ފޯނުލައިންތައް/ ޕީ.އޭ.ބީ.އެކްްސް ސިސްޓަމް ބެލެހެއްޓުން

  • ކޮމްޕިއުޓަރ ނެޓްވޯރކް އެޅުމާއި ބެލެހެއްޓުން އަދި ސައުންޑް ސިސްޓަމް ސެޓިންގ ހެދުމާއި ބެލެހެއްޓުން ވިންޑޯސް ސާވަރ މެނޭޖްކުރުން

  • އެން.ސީ.އައި.ޓީ.އާ ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވަރކްގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުން

  • އޮފީހުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމުތަކަށް ދިވާމާ މައްސަލަތައް ހައްލުކުރުން

  • އޮފީހުގެ ކޮމްޕިއުޓަރތައް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި ކޮމްޕިއުޓަރތަކުގެ އެންޓި-ވައިރަސް ބެލެހެއްޓުން

  • ސްކޫލްގައި ބާއްވާ ހަރަކާތްތަކުގައި ޕްރޮޖެކްޓަރާއި ސައުންޑް ތައްޔާރުކޮށް ބެލެހެއްޓުން

  • އޮފީހުގެ ޕްރިންޓަރ، ސްކޭނަރ އަދި ފޮޓޯކޮޕީ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުން

  • ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން

  • މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްކުރުން

މަޤާމު:                 މަސައްކަތު  (ދާއިމީ)

ބޭނުންވާ އަދަދު:           4

މަޤާމްގެ ކްލެސިފިކޭޝަން    ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:                 އެސް.އެސް 1

މުސާރަ:               -/3100 ރުފިރާ

ސަރވިސް އެލެވަންސް     -/1000 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:    ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  އިދާރީ

އިތުރު ގަޑި:    އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން

 

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. ސްކޫލްގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން

2. ސްކޫލް ގޯތިތެރެ އަދި ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހައި ސާފުކުރުން.

3. ސްކޫލްގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

4. ސްކޫލްގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރުކުރުން.

5. ކުލާސްރޫމުތަކުގެ ޑެސްކުތައް ރާވައި ތަރުތީބުކުރުން.

6. ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑި މޭޒުޖެހުން.

7. ދަރިވަރުންނާ ގުޅުން ހުރި ކަންކަމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

އިންޓަރވިއު ކުރުން

  • މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނީ 22 ޖޫން 2016 އާއި 28 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މި ސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9.30 ން 13.30 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.www.chse.edu.mv)

  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓް ކޮޕީ

  3. އެކްރިޑެޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

  6. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުން ދާ ވަޒީފާއިން ދޫކުރުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑުޖެހި ލިޔުމެއް އަދި އުޅެފައިވާ މަޤާމު، ރޭންކް އަދި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.

މަޤާމުތަކަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 20 ވަނަ ދުވަހުގެ 13:30 އަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ދުވަސްތަކުގެ 14.00 ގެ ކުރިން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ނަންބަރު 3321330 ފޯނަށް ގުޅުއްވުން އެދެމެވެ. 

05 ޖޫން 2016