ތަމްރީނު
ނަންބަރު: 66(IUL)166-Schol/166/2016/66
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 15 ޖޫން 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމަންވެލްތު ސްކޮލަރޝިޕް 2016 އެވޯޑްސް - ނިއުޒިލެންޑް

އިޢުލާން

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ނަންބަރު (IUL)166-Schol/166/2016/21 (06 މާރިޗު 2016) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ކޮމަންވެލްތު ސްކޮލަރޝިޕް 2016 ސްކީމްގެ ދަށުން ނިއުޒިލެންޑުގައި، 1 މާސްޓަރސް އަދި 1 ޕީ.އެޗް.ޑީ އަށް ކިޔެވުމަށް މި ޑިޕާޓްމަންޓުން ހުޅުވާލި ފުރުޞަތުގެ ތެރެއިން، ޕީ.އެޗް.ޑީއަށް އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތައް، އެކި ސަބަބުތަކާހުރެ (ޑޮކިއުމެންޓޭޝަން ފުރިހަމަނުވުމުގެ ސަބަބުން) ވަނީ ޑިސްކޮލިފައިވެފައެވެ. އެގޮތުން ޙަވާލާދީފައިވާ އިޢުލާނުގެ ދަށުން ޕީ.އެޗް.ޑީ އަށް ހުޅުވާލި ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތަކަށް ޑޮކިއުމެންޓް ހަމަކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ފުރިހަމަނުވާ ޑޮކިއުމަންޓްތައް ހަމަކުރުމަށްފަހު 15 ޖޫން 2016 ގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގޭ 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައިވެސް ޕީ.އެޗް.ޑީއަށް ޝަރުޠުހަމަވާ ކެންޑިޑޭޓެއް ނުލިބިއްޖެނަމަ، މި ފުރުޞަތަށް މާސްޓަރސް އަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޕޮއިންޓަށް ބެލުމަށްފަހު ކެންޑިޑޭޓެއް ނޮމިނޭޓްކުރެވޭނެއެވެ.

02 ޖޫން 2016