ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-WMPP/1/2016/16
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:28
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މަގުމައްޗާއި ދުވާރުމައްޗަށް ކުނި ނެރެ ބަހައްޓަމުންގެންދިއުމާބެހޭގޮތުން

އިޢުލާން

1437 ވަނަ އަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އަދި އާންމުކޮށް މީހުން ބޭނުންކުރާ ސަރަޙައްދުތައް ސާފުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އުކާލަން ގަސްދުކުރައްވާ ކުނި މަގުމައްޗާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާކަން މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ މާލޭގެ މަގުތައް ކުނިބުނީގެ ސަބަބުން ނުސާފުވެ ޞިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީ، މަގުމަށްޗަށް ކުނިބުނި އެޅުން ހުއްޓާލުމަށް އަންގަމެވެ.

މާލޭގެ މަގުތަކަކީ ކުނިމެނޭޖްކުރުމުގެ ގަވާއިދު 2013/R-58 ގެ 11 ވަނަ މާއްދާގެ (ށ) ގައި  ކުނިއެޅުން މަނާ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީ، މި ފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ ކުށެކެވެ. އެހެންކަމުން، މިގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ގަވާއިދުގައިވާގޮތުން ޖޫރިމަނާ ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

05 ޖޫން 2016