ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/32
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 15 ޖޫން 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ

މޯލްޑިވްސް ޕޮލިޓެކްނިކްގެ މިދަންނަވާ މަޤާމަށް އިޢުލާން ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:                                 ޑިރެކްޓަރ

ބޭނުންވާ އަދަދު:                            01

ރޭންކް:                                 އީ.އެކްސް 1

ކްލެސިފިކޭޝަން:                            އޮފިސަރ ގރ. 2

މުސާރަ:                                -/8835 ރުފިޔާ

ސަރވިސް އެލަވަންސް:                        -/2000ރުފިޔާ

ވަޒީފާ އޮތް އޮފީސް:                          މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                                  ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:                  ފައިނޭންސް އެންޑް ފެސިލިޓީސްް/ މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-  މޯލްޑިވްސް ޕޮލިޓެކްނިކްގެ އަހަރީ ބަޖެޓް އޮފީހުގެ ވެރިންގެ މަޝްވަރާއާއެކު ކަމާގުޅޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ކަނޑައެޅޭ ސުންގަޑީގެ ކުރިން ފުރިހަމަކޮށް ނިންމުން. 

2-  މާލިއްޔަތުޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ފައިސާއާބެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

3-  މޯލްޑިވްސް ޕޮލިޓެކްނިކުން ހޯދާ ޚިދުމަތްތަކުގެ ބިލްތައް މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަދާކުރުން.

4-  މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދިނުމަށް ބޭނުންވާ ތަކެއްޗާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ޚިދުމަތަށް ބުރޫ ނާރާނެ ގޮތަށް ހޯދުން.

5-  މޯލްޑިވްސް ޕޮލިޓެކްނިކަށް ހޯދޭ ތަކެތި ހޯދޭނީ މާލިއްޔަތު ޤާނޫނު އަދި ގަވާއިދުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުން.

6-  މޯލްޑިވްސް ޕޮލިޓެކްނިކްގެ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ބަޖެޓާ ގުޅުންހުރި ހަރަކާތްތައް އަވަސް ގޮތަކަށް ކުރުމަށް އިސްކަންދިނުން.

7-  މޯލްޑިވްސް ޕޮލިޓެކްނިކަށް ބޭނުންވާ މެޝިނަރީސް، އިކިއުޕްމަންޓްސް، ކޮންޒިއުމަބަލް ފަދަ ތަކެތި ހޯދުމުގައި މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކިޔަވައިދިނުމަށް ބުރޫނާރާގޮތަށް ހޯދައިދިނުން.

8-  ބަޖެޓާ ގުޅުންހުރި ބައެއް ޚިދުމަތްތައް ހޯދުމުގައި އެހެނިހެން އިދާރާތަކުގެ ހުއްދަ ހޯދަން ޖެހޭތީ، އެފަދަ ހުއްދަ ހޯއްދެވުމުގައި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅުއްވައިގެން ޚިދުމަތް އަވަސްކުރުން.

9-  ބަޖެޓާ ގުޅުންހުރި ޚިދުމަތް ހޯދުމަށް އޮފީސްތަކަށް ފޮނުވާ ލިޔުންތައް ބަރާބަރަށް ޗެކްކުރުން.

10- ބިލް އަދާކުރުމުގައި ދިމާވާ ދަތިތައް ގުޅުންހުރި އިދާރާތަކާ ގުޅައިގެން ހައްލުކުރުން.

11- ދައުލަތަށް ލިބޭ އާމްދަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާއި އަދި ގުޅުންހުރި އިދާރާތަކުގެ ސަރކިއުލަރތަކާއި އެންގުންތަކާ އެއްގޮތަށް ޖަމާކުރުން.

12- ސެކްޝަންގެ މުވަށްޒަފުންނާ ހަވާލުކުރަންޖެހޭ މަސައްކަތްތައް ހަވާކުރުމާއި، ކަނޑައެޅޭ ޝެޑިއުލާ އެއްގޮތަށް މަސައްކަތްކުރިޔަށްދޭތޯ ޗެކްކޮށް ކަށަވަރުކުރުން.

13- ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އެޅުން.

14- އޮފީހުގެ އެހެނިހެން ސެކްޝަންތަކަށް ހޯދަންޖެހޭ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުން.

15- ބަޖެޓާ ގުޅޭ ރިޕޯޓްތަކާއި މޯލްޑިވްސް ޕޮލިޓެކްނިކަށް ލިބޭ އާމްދަނީ ރިޕޯޓްތައް ގުޅުންހުރި އިދާރާތަކުން އަންގާ ގޮތެއްގެ މަތިން އެ އިދާރާތަކަށް ލަސްނުކޮށް ފޮނުވުން.

16- މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިންނާއި މުވައްޒަފުން ކުރާ ދަތުރުތަކަށް ކަނޑައަޅާ ޝެޑިއުލްތަކާ އެއްގޮތަށް އިންތިޒާމުކޮށް، ދަތުރުރިޕޯޓްތައް އެފަރާތްތަކުން ހޯދޭކަން ކަށަވަރުކުރުން.

17- ބަޖެޓާ ގުޅުންހުރި އެހެނިހެން އިދާރާތަކާ އޮންނަ މީޓީންތަކާއި ވާރކްޝޮޕް، ސެމިނަރތަކުގައި ގަވާއިދުން ބައިވެރިވުން.

18- މޯލްޑިވްސް ޕޮލިޓެކްނިކްގެ ތިޖޫރީ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައި، ތިޖޫރީ ބަލަހައްޓަމުންދަނީ ރަނގަޅަށްތޯ ކަށަވަރުކުރުން.

19- އޮފީހަށް ބޭނުންވާ ނަގުދު ފައިސާ ހޯދުމުގެ އިންތިޒާމު ހަމަޖެއްސުމާއި، އެފައިސާ ޚަރަދު ކުރެވެނީ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުން.

20- މުވައްޒަފުންގެ މުސާރައާއި ޕެންޝަނާ ގުޅުންހުރި ކަންތައްތައް ބަޖެޓްގެ ތެރެއިން ފުރިހަމަކުރަންޖެހޭ މަސއްކަތް ފުރިހަމަކުރުން.

21- އޮފީހަށް ބޭނުންވާ ޚިދުމަތްތައް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޚިދުމަތްތަކުގެ ބިލް ޚިދުމަތްތަކަށް ބުރޫނާރާގޮތަށް އަދާކުރެވޭކަން ކަށަވަރުކުރުން.

22- ޗުއްޓީ ނަންގަވާނަމަ ދުރާލައި އޮފީހުގެ ވެރިންގެ އިރުޝާދާ އެއްގޮތަށް އެހެން ވެރިޔަކާ މަސައްކަތްތައް ތަފުސީލުތަކާ އެއްކޮށް ހަވާލުކުރުން.

23- ސެކްޝަންގެ މުވައްޒަފުންގެ ޗުއްޓީ ދެއްވުމުގައި ޚިދުމަތަށް ބުރޫ ނާރާނޭ ގޮތަކަށް އިންތިޒާމު ހަމަޖެއްސުން.

24- އޮފީހުގެ ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

ޝަރުޠު:

ތަޢުލީމީ ފެންވަރު:

1. އެކައުންޓިން އެންޑް ފައިނޭންސް / އެކައުންޓް / ފައިނޭންސްގެ  ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެކައުންޓިން އެންޑް ފައިނޭންސް / އެކައުންޓް / ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެކައުންޓިން އެންޑް ފައިނޭންސް / އެކައުންޓް / ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ- މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 16 އާއި 27 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިއޭޓްކޮށްފައިވާ އަސްލުކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  15 ޖޫން 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

05 ޖޫން 2016