ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/1/2016/68
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި:
06 ޖުލައި 2016 13:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޒަކާތް ނެގުމާބެހޭ
އިޢުލާން
ޒަކާތް ނެގުމާބެހޭ
ދިވެހިރާއްޖޭގައި ޒަކާތް ބަލައިގަތުމާއި، ބެހުމާއި އެކަމާގުޅޭގޮތުން ރާވައި ހިންގަންޖެހޭ އެންމެހާ ކަންކަމަކީ ދިވެހި ސަރުކާރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ހަވާލު ކޮށްފައިވާ ޒިންމާއެކެވެ. ވީމާ، އެއްވެސް ޖަމްޢިއްޔާއަކުން ރާއްޖޭގެ އެއްވެސް ރަށެއްގައި ދިވެހި ރައްޔިތެއްގެ އަތުން ނުވަތަ އެނޫންވެސް ފަރާތެއްގެ އަތުން ޒަކާތް ނެގުމަކީ މި މިނިސްޓްރީ ހުއްދަކުރާ ކަމެއް ނޫނެވެ.
ރަށްރަށުގައި ޒަކާތް ނަގާނީ ރަށު ކައުންސިލްތަކުންނެވެ. މާލޭގައި ޒަކާތް ނަގާނީ މި މިނިސްޓްރީންނާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، ވިލިނގިލި އަވަށު އޮފީސް، ބޭންކް އޮފް މޯލްޑިވްސް، އިސްލާމިކް ބޭންކް، އަޔާދީ ތަކާފުލް، ދިރާގު އަދި އުރީދޫންނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޝަޢުބާން 1437
05 ޖޫން 2016