ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/1/2016/69
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 15 ޖޫން 2016 13:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1437ވަނަ އަހަރުގެ ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމުގެ ފޯމު ފުރުމާބެހޭ

އިޢުލާން

1437ވަނަ އަހަރުގެ ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމުގެ ފޯމު ފުރުމާބެހޭ

1436 ވަނަ އަހަރު މާލޭގެ ސަރަޙައްދުން ފަޤީރުންގެ ގޮތުގައި ފޯމު ފުރައިގެން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އިތުރަށް ރަޖިސްޓަރީކުރަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މާލޭ ސަރަޙައްދުން ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ދިރިއުޅޭތަން ބަދަލުވެފައިވާނަމަ، އެފަރާތްތަކުން ހުޅުމާލޭގައިނަމަ އެޗް. ޑީ. ސީ. ވިލިނގިލީގައިނަމަ، ވިލިގިނލި ޔުނިޓު، މާލޭގައިނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެން ކުރިން ދީފައިވާ ނަންބަރާއެކު ނަން ނޯޓްކުރެއްވުން އެދެމެވެ. ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން މާލޭ ސިޓީއަށް ދިރިއުޅުން ބަދަލުކުރުމުގެ ސަބަބުން މިފޯމު މިހާތަނަށް ފުރާފައި ނުވާ ފަރާތްތަކުން ފަޤީރެއްގެ ގޮތުގައި ފޯމު ފުރަން ބޭނުންވާނަމަ، އެފަރާތްތަކުން މިފޯމު ފުރިހަމަކޮށްދެއްވުން އެދެމެވެ.

ރާއްޖޭގެ އެހެނިގެން ސަރަޙައްދުން މާލޭ ސަރަޙައްދަށް ދިރިއުޅުން ބަދަލުވެފައި ތިބި މީހުންގެ ތެރެއިން ފަޤީރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 2016 ޖޫން 07 އަންގާރަ ދުވަހުން ފެށިގެން 2016 ޖޫން 15 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ 10:30 ން 13:00 އަށް ފޯމު ދޫކުރުމާ ބަލައިގަތުން އޮންނާނެއެވެ. މާލޭގައި ދިރިއުޅޭ ފަޤީރުންނަށް ފޯމު ދޫކުރުމާއި، ބަލައިގަތުން އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ހުޅުމާލޭގައި ނަމަ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައެވެ. ވިލިނގިލީގައިނަމަ ވިލިނގިލީ ޔުނިޓުންނެވެ. މި މުއްދަތަށްފަހު އިތުރަށް ފޯމު ދޫކުރުމާ ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

29 ޝަޢުބާން 1437

05 ޖޫން 2016