ދިވެހިރާއްޖެ
އިޢުލާން
1437 ވަނައަހަރުގެ ފިޠުރު ޒަކާތްބަލައިގަތުމާބެހޭ
2016 ޖޫން 07 ވާ އަންގާރަ ދުވަހުން ފެށިގެން 2016 ޖުލައި 03 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިނގިއްޔާއި، އައްޑޫސިޓީ ކައުންސިލާއި، ރަށްރަށުގެ ރަށުކައުންސިލްގެ އިދާރާތަކުން، ބަންދުނޫން ކޮންމެދުވަހެއްގެ 10:30 ން 13:00 އަށް ފިޠުރުޒަކާތް ބަލައިގަންނަމުން ގެންދާނެއެވެ. ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަށް ބައްލަވައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ. މާލޭސިޓީގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ:
އާދައިގެ ހަނޑުލުންނަމަ މީހަކަށް -/12 ރ (ބާރަ ރުފިޔާ)
ތައިލެންޑު ހަނޑުލުންނަމަ މީހަކަށް -/65 ރ (ފަސްދޮޅަސް ފަސް ރުފިޔާ)
ބާސްމަތީ ހަނޑުލުންނަމަ މީހަކަށް -/77 ރ (ހަތްދިހަ ހަތް ރުފިޔާ)
ކައުންސިލްތަކުގެ އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެރަށަކުން ގަންނަން ލިބޭ އަގަކުންނެވެ.
25 ޝަޢުބާން 1437