ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޑިޒައިން އެންޑް ބިލްޑް އޮފް ޓޫ ލޭންޑިންގ ކްރާފްޓް:
1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް 2 ލޭންޑިންގ ކްރާފްޓް ޑިޒައިންކޮށް ސަޕްލައިކޮށްދޭނެ ފާރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މި މަސައްކަތަށް ޝަރުޠުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
2. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. ބީލަމުގައި ބައިވެރިވުމަށް -/1,500 (ފަނަރަ ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 6 ޖޫން 2016 އިން 23 ޖޫން 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 2533491 3349106
ފެކްސް : 3320706 3324432
އީމެއިލް : [email protected]
ކޮޕީ : [email protected]
5. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.
6. މި ޕްރޮޖެކްޓަށް -/100,000ރ (އެއްލައްކަ ރުފިޔާ) ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެ ވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ.
9. ބީލަން ހުޅުވުން އޮންނާނީ 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
10. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.
1 ޖޫން 2016