ކުއްޔަށް ދިނުން
ނަންބަރު: (IUL)253-CAA/253/2016/67
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 21 ޖޫން 2016 10:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުހެއްދުމަށް ވިޔަފާރި އުސޫލުން ވަގުތީ ދަނޑުބިން ދޫކުރުން

އިޢުލާން

ދަނޑު ހެއްދުމަށް ވިޔަފާރި އުސޫލުން ވަގުތީ ދަނޑުބިން ދޫކުރުން

މިއިދާރާގެ ނަންބަރު: (IUL)253/253/2016/35 (01 މާރިޗު 2016) އިޢުލާނާ ގުޅިގެން ދަނޑުބިން ނެގުމަށް އެދި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީއާއި މިއިދާރާގެ ނަންބަރު: (IUL)253/253/2016/40  (13 މާރިޗު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އިޖާބަދެއްވާފައިނުވާތީ މިކަމަށް އެދި ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ރަށުގައި ދިރިއުޅެމުންދާ ފަރާތްތަކުން އާމްދަނީ ހޯދުމަށްޓަކައި މިރަށުގެ އުތުރުކޮޅުގެ ދަނޑުބިމުން ވިޔަފާރި އުސޫލުން 24 މަސްދުވަހަށް، ދަނޑަކަށް -/1000 ރުފިޔާ (އެއްހާސްރުފިޔާ) އަށްވުރެ ކުޑަ ނުވާގޮތަށް ވަގުތީ ދަނޑުބިންތަކެއް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ދަނޑު ހެއްދުމަށްޓަކައި ދަނޑުބިން ނެގުމަށް އެދޭ ފަރާތްތަކުން 21 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 23 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. މި އިޢުލާނާއެކު ދަނޑުބިންތައް ދޫކުރާ ސަރަހައްދުގެ ޗާޓު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

22 ޝަޢުބާން 1437

29 މޭ 2016