ދިވެހިރާއްޖެ
އިޢުލާން
ރ.އިނގުރައިދޫ މަސްޖިދުލްއަމާނީ މިސްކިތުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމާގުޅޭ
ރ.އިނގުރައިދޫގައި މަސްޖިދުލްއަމާނީ މިސްކިތުގައި ކުލަލައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 13:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި، އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅާގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.
ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް
- މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.
ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް
- މަސައްކަތުގެ އަގަށް: %80 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
- މަސައްކަތުގެ މުއްދަތު: % 15 (ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
- މަސައްކަތުގެ ތަޖުރިބާ: %5
- ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، އިމާރާތް ކުރުމާއި އިމާރާތް މަރާމާތު ކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ ފިނިސިންގ ވާރކްސްއެވެ.
- ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓަރއަށް ބަލާފައެވެ.
ރ.އިނގުރައިދޫގައި މަސްޖިދުލްއަމާނީ މިސްކިތުގައި ކުލަލުމަށް ކުރިން ކުރެވިފައިވާ މިއިދާރާގެ ނަންބަރު: (IUL)309-AHI/309/2016/35 (24 މޭ 2016) ގެ އިޢުލާނަށް އިޖާބަދެއްވައި ބިޑް ހުށަހެޅުމަށް ތިންފަރާތަކުން ހާޒިރުނުވުމުން އެއިޢުލާންގެ ބިޑް ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހުގެ 2:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580028 ފޯނަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޝަޢުބާން 1437