ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)253-CAA/253/2016/62
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 21 ޖޫން 2016 13:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދުމަށް

އިޢުލާން

މި އިދާރާގެ ސައުންޑް ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދުން:

މި އިދާރާގެ ސައުންޑް ސިސްޓަމަށް ބޭނުންވާ ތިރީގައި ދެންނެވިފައިވާ ތަކެތި ހޯދަން ބޭނުންވެއްޖެއެވެ.

* 2 ލޯޑް

* 1 އެންޕު

* 100 މީޓަރ ކޭބަލް

* 1 މައިކު

ވީމާ، މި ތަކެތި، އަމިއްލަ ޚަރަދުގައި ހޯދައި ފޯރުކޮށްދިނުމަށް އެދޭ ފަރާތްތަކުން 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންޖެހޭނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތުހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

22 ޝަޢުބާން 1437

29 މޭ 2016