ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2016/29
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 14 ޖޫން 2016 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިމާމު / މުދިމް (ހދ. ކުޅުދުއްފުށި)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އިމާމު / މުދިމް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ސެކްޝަން:

އިމާމް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މިސްކިތްތައް.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދަށް ވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން.
  • ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށްދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް،  ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލުމީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން.
  • މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  • މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން، ކައުންސިލް އިދާރާއަށް ހުށަހަޅައި، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން.
  • ކޭތަ ނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ތަރާވީޙް ނަމާދާއި، ކަށުނަމާދު، ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ، އިމާމުވެ މިސްކިތުގައި ކުރުން.

 

މަޤާމް

ރޭންކް

ކްލެފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމް

 

ޖީ. އެސް. 1

 

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

މަހަކު -/3،565 ރުފިޔާ

 

މަހަކު -/1،500 ރުފިޔާ

އިމާމް

 

ޖީ. އެސް. 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/4،465 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އިމާމް

ޖީ. އެސް. 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ސާނަވީ ސެޓުފިކެޓު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/5،020 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އިމާމް

އެމް. އެސް. 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/5،610 ރުފިޔާ

މަހަކު -/2،000 ރުފިޔާ

އިމާމް

އެމް. އެސް. 2

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،295 ރުފިޔާ

 

މަހަކު -/2،000 ރުފިޔާ

އިމާމް

 

 

 

 

 

އެމް. އެސް. 3

 

 

 

 

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމްކަމުގެ މަޤާމުގައި އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/7،035 ރުފިޔާ

 

 

 

 

މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، މަސައްކަތަށް ރަނގަޅުނަމަ ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ  ގަވާއިދުގައިވާގޮތުގެމަތިން  ވަޒީފާގެ  ކުރިއެރުން  ދެވޭނެއެވެ.  އަދި  އަހަރީ ޗުއްޓީގެގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، އާއިލީ ޒިންމާގެ ޗުއްޓީގެގޮތުގައި 10 ދުވަސް ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1 - ތަޢުލީމާއި ތަމްރީން.

2 - މަސައްކަތުގެ ތަޖުރިބާ.

3 - މަސއްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި. ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 15 ދުވަހުގެ ތެރޭގައި ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، ކުޅުދުއްފުށީ ކައުންސިލް އިދާރާގެ 6521170 ނަންބަރު ފޯނަށް ނުވަތަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ 3020232 ނަންބަރު ފޯނަށެެވެ. ފެކްސް ނަންބަރަކީ، 6527552 އެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.

24 ޝަޢުބާން 1437

31 މޭ 2016