ދިވެހިރާއްޖެ
އިޢުލާން
(އެދުރުހިޔާ) ކުރީގެ އަމީރު އަމީން ސްކޫލުގައި މަތީ ތަޢުލީމުދޭ މަރުކަޒެއް ތަރައްޤީކުރުމާބެހޭ
މި އިދާރާގެ ނަންބަރު: (IUL)266/266/2016/33 (18 އެޕްރީލް 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ކުޅުދުއްފުށީގައި މަތީ ތަޢުލީމުދޭ މަރުކަޒެއް ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތަކަށް ކުރީގެ އަމީރު އަމީން ސްކޫލް 25 އަހަރުދުވަހުގެ މުއްދަތަށް ހަވާލުކުރާގޮތަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. ވީމާ، ކުޅުދުއްފުށީގެ ކުރީގެ އަމީރު އަމީން ސްކޫލް މަތީ ތަޢުލީމުދޭ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1 – ބީލަމާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 12 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައެވެ.
2 – ބީލަން ހުޅުވުން އޮންނާނީ 19 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ވަގުތު ބީލަން ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ލިޔެވިފައި އޮންނަންވާނެއެވެ.
3 – އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 651170 އަދި 6521174 އިން ލިބިވަޑައިގަންނަވާނެއެވެ.
25 ޝަޢުބާން 1437