ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/171
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 16:59
ސުންގަޑި: 09 ޖޫން 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ/އެސޯސިއޭޓް ލެކްޗަރަރ

މަޤާމް :ލެކްޗަރަރ / އެސޯސިއޭޓް ލެކްޗަރަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 12،687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5،437/50 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް ސައިންސް (ކ. މާލެ)

ގްރޭޑް:

7

ދާއިރާ:

އިންފޮރމޭޝަން ޓެކްނޮލޮޖީ އިން ލެވެލް 7 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސިސްކޯގެ ސެޓިފައިޑް އިންސްޓްރަކްޓަރ ޓްރެއިނިންގ ފުރިހަމަކޮށްފައިވުން (ސީ.ސީއެން.ޕީ އަދި ސީ.ސީ.އެން.އޭ)

ސްޕައިން ޕޮއިންޓް

40

މަޤާމުގެ ޝަރުޠު:

އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 11،374/40 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4،874/74 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް ސައިންސް (ކ. މާލެ)

ގްރޭޑް:

6

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އިން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސިސްކޯގެ ސެޓިފައިޑް އިންސްޓްރަކްޓަރ ޓްރެއިނިންގ ފުރިހަމަކޮށްފައިވުން (ސީ.ސީއެން.ޕީ އަދި ސީ.ސީ.އެން.އޭ)

ސްޕައިން ޕޮއިންޓް:

37

މަޤާމުގެ ޝަރުޠު:

އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

1. ސިސްކޯ ނެޓްވޯރކިންގް އެކެޑެމީ ޕްރޮގުރާމްތައް ރާވައި ހިންގުން.

2. ސިސްކޯ އެކެޑެމީގެ ފެންވަރު ކަށަވަރުކުރާ މިންގަނޑުތަކާ އެއްގޮތައް މަސައްކަތްކޮށް ސްޑޭންޑަޑްތައް ހިފެހެއްޓުން.

3. ކޯހުގެ މުޤައްރަރާއި މަސައްކަތުގެ އޮނިގަނޑާ އެއްގޮތަށް ފިލާވަޅު ތައްޔާރުކޮށް ކިޔަވައިދިނުން.

4. ދަރިވަރުންނަށް ހަވާލުކުރެވޭ މަސައްކަތްތަކާއި އިމްތިޙާން ކަރުދާސްތައް މާކުކޮށް، މާކްސްތައް އެކެޑެމީ ޕްލެޓްފޯމުގައި ބެލެހެއްޓުން.

5. ދަރިވަރުންނަށް ކިޔެވުމުގައި ދިމާވާ އެކިއެކި ކަންކަމުގައި ނަސޭހަތްތެރިވުމާއި، މަގުދެއްކުމާއި، ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ވަޒަންކުރުން.

6. އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.

6. ކިޔަވައިދިނުން ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަގުތައް ހޯދައި، ޕްލޭންކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކިޔަވައިދިނުން ކުރިޔަށްގެންދިޔުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ވެބްސައިޓުގެ ލިންކުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 ނޯޓު:

 

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއްނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުވާނެ އީމެއިލަކީ، [email protected] އެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

26 ޝަޢުބާން 1437

02 ޖޫން 2016