ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/177
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 09 ޖޫން 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ބިޒްނަސް ސްކޫލް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  1. އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓުފިކެޓަކަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 5 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފެކަލްޓީއަށް ލިބޭ ސިޓީތަކާއި ތަކެތީގެ ތެރެއިން ޑީން ނިންމަވައި ފިޔަވަޅު އަޅަންޖެހޭ ކަންކަމަށް ފިޔަވަޅު އެޅުމާއި، ފެކަލްޓީން އެކިތަންތަނަށް ޑީން ފޮނުއްވަންޖެހޭ ސިޓީއާއި ރިޕޯޓު ތައްޔާރުކޮށް ފޮނުވުމުގެ ކަންތައްތައް ކުރުން. 
  2. ޑީންގެ އެޕޮއިންޓްމަންޓުތަކާއި ޑީން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކާއި ޖަލްސާތަކަށް ބޭނުންފުޅުވާ އިންތިޒާމުތަކާއި ފަސޭހަތައް ބޭނުންފުޅުވާގޮތަކަށް ހަމަޖެއްސުމަށް މަސައްކަތްކުރުން. 
  3. ޑީން ޖަވާބުދެއްވަންޖެހޭ ސިޓީތަކާއި ފޮނުއްވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގައި ފޮނުވުން.
  4. ޑީން ބައިވެރިވެވަޑައިގެން ފެކަލްޓީގައި ބާއްވަވާ ކޮމިޓީތަކާއި ބައްދަލުވުންތައް އިންތިޒާމުކޮށް އެ ބައްދަލުވުންތަކާއި ޖަލްސާތަކުގެ ހާޒިރީ ބަލަހައްޓައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  5. ފެކަލްޓީގެ ދަރިވަރުންގެ އިމްތިޙާނުތަކާ ގުޅިގެން ހުށަހަޅާ މެޑިކަލް ސެޓުފިކެޓުތަކާއި ރިޕޯޓުތައް ބަލަހައްޓައި އެކަޑެމިކް ރިވިއު ކޮމިޓީއަށް ބޭނުންވާ ވަގުތު ފަސޭހައިން ލިބޭނެ ފަދަ ގޮތެއްގައި ބެލެހެއްޓުން.
  6. ފެކަލްޓީގައި ގަވާއިދުން އޮންނަ ކޮމިޓީތަކުގެ ޖަލްސާތައް އިންތިޒާމުކޮށް އެޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  7. ޑީންގެ އެޕޮއިންޓްމަންޓްތަކާއި ބައްދަލުވުންތަކުގެ ޝެޑިއުލެއް ޑީންއާ މަޝްވަރާކޮށްގެން ތައްޔާރުކޮށް، އެޕޮއިންޓްމަންޓްތަކާއި ބައްދަލުވުންތަކަށް ބޭނުންފުޅުވާ ފަސޭހަތަކާއި ކަންތައްތައް ހަމަޖައްސައި އެކަންތައްތައް އެގޮތަށް ހުރިކަން ކަށަވަރުކުރުން. 
  8. ފެކަލްޓީގެ ދަރިވަރުން އެކިކަންކަމުގައި ހުށަހަޅާ ސިޓިތަކާއި ބޭނުންތަކަށް ޑީން ހަމަޖައްސަވާގޮތަކަށް ޖަވާބުދިނުމުގެ ކަންތައް ކުރިއަށް ގެންދިއުން. 
  9. ފެކަލްޓީގެ ކޮމިޓީތަކާބެހޭ ފޮތްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި ކޮމިޓީތަކުގެ މެންބަރުންނަށް އަންނަ ބަދަލު ފަސޭހައިން އެނގޭގޮތައް ތައްޔާރުކޮށް ބެލެހެއްޓުން.  
  10. ޑީންއަށް ބޭނުންފުޅުވާ ލިޔެކިޔުންތައް ފަސޭހައިން ލިބޭނެގޮތަކަށް އެ ތަކެތި ފައިލުކޮށް ބެލެހެއްޓުން.
  11. މުވައްޒަފުންގެ އިޖުތިމާޢީ ގުޅުން އާލާކުރުމުގެ ކަންތައްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.
  12. ފެކަލްޓީއިން ހިންގާ ކޯހެއް ނުވަތަ ކޯސްތަކެއްގައި އިދާރީ އެހީތެރިކަން ދިނުމަށް ހަވާލުކުރައްވައިފި ހިނދެއްގައި އެއާގުޅޭ އެންމެހައި ކަންތައްތައް އެ ކޯހެއް ނުވަތަ ކޯސްތަކެއްގެ ކޯޑިނޭޓަރ ނުވަތަ ޑިޕާޓްމަންޓްގެ ވެރިޔާ އަންގަވާގޮތެއްގެ މަތިން ކުރުން.
  13. މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.

 http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.

  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލްއަކީ [email protected] އެވެ.

02 ޖޫން 2016