ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2016/86
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 16 ޖޫން 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސީނިއަރ އިކޮނޮމިކް އެފެއާޒް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއަށް، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެޖެއެވެ.

މަޤާމް:

ސީނިއަރ އިކޮނޮމިކް އެފެއާޒް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

150007

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން / ފައިނޭންސް އެންޑް ޕްރޮކިއުމަންޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. މިނިސްޓްރީގެ ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުގެގޮތުން ސެކްޝަންތަކުން ބަޖެޓް ހޯދައި، ލަފާކުރާ ބަޖެޓް ނިންމައި، ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.

2. ކޮންމެ އަހަރެއްގެ މާލީ ބަޔާން ތައްޔާރުކުރުން.

3. އޮފީހުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިއަށްގެންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުން.

4. ފައިސާ ޚަރަދުކުރުމާއި، ފައިސާ ބަލައިގަތުމާއި، ފައިސާ ޖަމާކުރުމާއި، މިކަންކަންކަމާ ގުޅިގެން ހަދަންޖެހޭ ރިޕޯޓްތަކާއި، ބަލަހައްޓަންޖެހޭ ލިޔެކިއުންތައް، މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމަށާއި، ބެލެހެއްޓުމަށް ހަވާލުވެތިބި މުވައްޒަފުންލައްވާ ކުރުވަންޖެހޭ ކަންތައް ކުރުވައި ބެލެހެއްޓުން.

5. ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދިއުން އިތުރަށް ހަރުދަނާކުރުމުގެ SOP ހަދައި އިންޕްލިމެންޓްކޮށް، އެހެން ޔުނިޓްތަކަށް އެންމެ ލުއިފަސޭހަކޮށް ފިނޭންސް އެންޑް ޕްރޮކިއުމަންޓް ޔުނިޓާ އެއްކޮށް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެއްސުން.

6. މިނިސްޓްރީގެ ބަޖެޓާއި، ބޭރުން އަންނަ ޕްރޮޖެކްޓްތަކުގެ ފައިނޭންސް ބައި ބެލެހެއްޓުން.

7. ޔުނިޓުގެ މަސައްކަތް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

8. ޓެންޑަރ އެޖެންސީ ކޮމިޓީގެ ސެކްރެޓަރީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އިދާރީ ހުރިހާ ކަމެއް ކުރުން.

9. އިންވެންޓްރީ ކަންތައްތައް ގެންދާ ގޮތްތައް ބަލައި، އެކަން ސުޕަވައިޒްކުރުން.

10. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް
1. ފައިނޭންސް/ބިޒްނަސް/އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް/އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސް/ބިޒްނަސް/އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް/އިކޮނޮމިކްސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފައިނޭންސް/ބިޒްނަސް/އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް/އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސް/ބިޒްނަސް/އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް/އިކޮނޮމިކްސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ފައިނޭންސް/ބިޒްނަސް/އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް/އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ފައިނޭންސް/ބިޒްނަސް/އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް/އިކޮނޮމިކްސް  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން:

އިންޓަވިއު ކުރުން:

- މި މަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި ނުވަތަ 2 ހަފްތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކުރުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި (ސިވިލް ސަރވިސްގެ ވަޒީފާއަށް  އެދޭ  ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތުގެ ވަޒީފާއަކުން ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333174 ނަންބަރު ފޯނަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން، މަޢުލޫމާތު ސާފުކޮށްދޭނެއެވެ.

25 ޝަޢުބާން 1437

01 ޖޫން 2016