ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2016/23
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 12 ޖޫން 2016 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ކެޕްޓަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސަރވިސްގެ IUL)167-HR/167/2016/20) ނަންބަރުގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

ކެޕްޓަން

މަޤާމުގެ ރޭންކް:

ސަޕޯޓް ސަރވިސް އޮފިސަރ 3

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސަރވިސް

މުސާރަ:

މަހަކު -/4،633 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3،500 ރުފިޔާ

ނޮންޕްރެކްޓިކްސް:

މުސާރައިގެ % 45

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

މާފުށި ޖަލު

މަޤާމުގެ ޝަރުޠު:

1. ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން.

2. ދޯނި ނުވަތަ ލޯންޗް ދުއްވުމުގެ ލައިސަންސް އޮތުން.

3. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރިކުރުން، އަދި ޚިޔާނާތްފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

4. އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.

5. މީލާދީގޮތުން 18 އަހަރު ފުރި، 45 އަހަރުނުވާ މީހެއްކަމުގައިވުން.

މީހުން ހޮވުމުގައި އިސްކަންދެވޭ ކަންތައްތައް:

- އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން.

- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒުން ކުރިއަށްގެންދާ ނެވިގޭޝަން ނުވަތަ މެރިން އޮޕަރޭޝަން ކޯސް ފުރިހަމަކޮށްފައިވުން. 

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ދޯނި ނުވަތަ ލޯންޗުގެ ދަތުރުތައް މި ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ކުރުން.

- ދޯނި ނުވަތަ ލޯންޗް ރަނގަޅަށް ބެލެހެއްޓުން.             

- ދޯނި ނުވަތަ ލޯންޗަށް ކަމެއް ދިމާވެއްޖެނަމަ، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގައިގެން، އެކަމެއް ޙައްލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންކަން:

- ތަޢުލީމީ ފެންވަރު.

- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތައް، 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ  ވަޒީފާއަށް  އެދޭ  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި  ސަރވިސްގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި ސަރވިސްގެ www.corrections.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ނެގިފަހުން 3 މަސްދުވަސްނުވާ، އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ، ލައިލަންސްގެ ކޮޕީ.

(ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ، ފޯމާއެކު ހީރަސްޖަހާފައެވެ.)

އިތުރު މަޢުލޫމާތު:

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- ހުށަހަޅާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމު ބާޠިލްކުރެވޭނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3312694 ނަންބަރު ފޯނަށް ނުވަތަ 3328443 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3313727 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

25 ޝަޢުބާން 1437

02 ޖޫން 2016