ތަމްރީނު
ނަންބަރު: (IUL)166-schol/166/2016/67
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 05 ޖޫން 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންފިއުޝަސް އިންސްޓިޓިއުޓް ސްކޮލަރޝިޕް 2016

ކޮންފިއުޝަސް އިންސްޓިޓިއުޓް ސްކޮލަރޝިޕް 2016

ޤައުމު: ޗައިނާ

05 ބެޗްލަރސް ޑިގްރީ

ކޯހުގެ ލެވެލް / އަދަދު:

ޔުނިވަރސިޓީ: އީސްޓް ޗައިނާ ނޯމަލް ޔުނިވަރސިޓީ

ޗައިނީޒް ލެންގްއޭޖް

ކޯހުގެ ދާއިރާ:

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި

2. ކޯހާގުޅޭ މާއްދާތަކުން ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން

3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސި ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ CAE/CPE  އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯ 6.0 ނުވަތަ TOEFL އިން 550 ލިބިފައިވުން. އަދި

4. 06 ޖޫން 2016 ގެ ނިޔަލަށް އުމުރުން 30 އަހަރުވެފައިނުވުން. އަދި

5. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 05 ޖޫން 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. އަދި

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން. އަދި

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަށް ނުޖެހޭނެއެވެ. އަދި

6. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކައި ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެވެ. މި އުސޫލު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

ޝަރުޠު:

  • ޑިގްރީ ކޯސް ހެދުމުގެ ކުރިން 1 އަހަރުދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަންޖެހޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ (އޮން ކެމްޕަސް)، އެކޮމޮޑޭޝަން ފީ، މަންތްލީ ލިވިންގ އެލަވަންސް އަދި ދެކޮޅު ޓިކެޓް ކޯސް އިންތިޒާމު ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.  
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ޑިޕްލޮމާ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލްކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • އެކެންޑިޑޭޓަކު ޑިޕްލޮމާ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ އާއްމުކޮށް މިޑިޕާޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ.
  • ޑިޕްލޮމާ ފުރިހަމަކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާނު ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި އަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތައުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކް ލިސްޓް ކުރުމާބެހޭ އުޞޫލް" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މިބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތްކުރަން ވާނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv އަށް އަޕްލޯޑް ކުރެވޭނެއެވެ.
  • މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން  ޑިސްކޮލިފައިކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • އީސްޓް ޗައިނާ ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމު
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯ ފަރމަކުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ ދެފުށުގެ ކޮޕީ ނުނަގައި އެޓެސްޓް ކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ގަބޫލެއްނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.). އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާރމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، އަދި ތާރީޚު އޮންނަންވާނެއެވެ. އެހެން މީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައް ވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.

- ޑިޕްލޮމާ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ، އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.   

  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސި ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާކަން ނުވަތަ CAE/CPE  އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯ 6.0 ނުވަތަ TOEFL އިން 550 ލިބިފައިވާކަން އަންގައިދޭ ލިޔުން.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.
  • ރެކަމަންޑޭޝަން ލެޓަރ (އެޕްލިކޭޝަން ޕްރޮސީޖަރގައި ބަޔާންކޮށްފައިވާ ގޮތަށް) (އެޓެސްޓެޑް އޮރިޖިނަލް)
  • ސްޓަޑީ ޕްލޭން
  • މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ
  • ފިޒިކަލް އެގްޒަމިނޭޝަން ފޯމު (މެޑިކަލް)
  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން އަދި މި ކޯހަށް ނޮމިނޭޓްވެއްޖެނަމަ މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދަން އެއްބަސްވާކަމުގެ ލިޔުން.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެ ތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިޢުލާންގެ ޝަރުޠު ނަންބަރު 5 ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ރަސްމީ ލިޔުން / ލިޔުންތައް.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި ޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.  ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި ނަން، އެޑްރެސް، ސްކީމް އަދި ކޯހުގެ ނަން ލިޔުމަށްފަހު މި ޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14.00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު  3341380 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

01 ޖޫން 2016