ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމް: |
ޑްރައިވަރ |
|
މަޤާމުގެ ކުލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
|
މަޤާމުގެ ރޭންކް: |
SS3 |
|
މުސާރަ: |
މަހަކު -/3،875 ރުފިޔާ |
|
އެހެނިހެން ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ - އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމު ބޭނުންވާ ސެކްޝަން: |
އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް |
|
މަސައްކަތްކުރަންޖެހޭ ތަނާއި، ރަށް: |
ލ. އަތޮޅު ކައުންސިލްގެ އިދާރާ ލ. ފޮނަދޫ |
|
މަޤާމުގެ ޝަރުޠުތައް: |
1- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ C2,C1,C,B2,B1,B,A1,A ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވުމާއެކު، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ޑްރައިވަރެއްގެ މަޤާމުގައި 2 އަހަރުދުވަހު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް C2,C1,B2,B1,A1,A ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ޑްރައިވަރެއްގެ މަގާމުގައި 2 އަހަރުދުވަހު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް C2,C1,B2,B1,A1,A ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، ގްރޭޑް 7 ނިންމާފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު: |
1- މި އިދާރާގެ ވެހިކަލްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުން. 2- ވެހިކަލްތައް ދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން. 3- މަދުވެގެން ދުވާލަކު އެއްފަހަރު ވެހިކަލްތަކުގައި ތެޔޮ ހަމައަށްހުރިތޯ ބަލައި ޗެކުކުރުމާއި، ތެޔޮހަމައަށް ނެތްނަމަ، ކަމާބެހޭ ސެކުޝަނަށް އަންގައި، ނޯޓް ހައްދުވައި، ވެހިކަލްތަކަށް ތެޔޮއެޅުން. 4- ވެހިކަލްތައް މަރާމާތުކުރަން ޖެހިއްޖެނަމަ، މަރާމާތުކުރުމުގެ ކަންތައް، އޮފީހުން އަންގާ ގޮތެއްގެމަތިން ކުރުން. 5- ވެހިކަލްތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމަކާއި، އެ ގެއްލުމެއް ލިބެން ދިމާވި ސަބަބާއި، އެއްޗެއް އަލުން މަރާމާތުކުރުމަށް ބޭނުންވާ ތަކެތީގެ ލިސްޓްނަގައި، އޮފީހުގެ ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން. |
|
މީހުން ހޮވުމުގައި ބަލާނެ ކަންކަން: |
ލިބިފައިވާ ތަޢުލީމާއި ތަމްރީނު. - ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން. - ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. |
|
އިންޓަވިއު ކުރުމާއި، އިމްތިޙާންކުރުން. |
ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް ދެންނެވޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ. 4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ) 5. މުއްދަތު ހަމަނުވާ ލައިސަންސް ކާޑުގެ ސާފުކޮޕީ ނުވަތަ ލައިސަންސް ފޮތުގެ ސާފުކޮޕީ. 6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ، އެ އިދާރާގެ ރަސްމީ ލިޔުމެއް. 7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) |
|
ސުންގަޑި: |
2016 ޖޫން 15 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން މި އިދާރާއަށް. |
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800713 ނަންބަރު ފޯނާއެވެ. |
22 ޝަޢުބާން 1437