ނޫސްބަޔާން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:18
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސްބަޔާން

ނޫސްބަޔާން

މި ދުވަސްވަރަކީ 1437 ވަނަ އަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އަދި އާންމުކޮށް މީހުން ބޭނުންކުރާ ސަރަޙައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ދުވަސްވަރެއްކަން ފާހަގަކޮށް އެކަމަށް މި އެޖެންސީން ތާއީދުކޮށް ހިތްވަރު ދެމެވެ. އެހެންނަމަވެސް، ސާފުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އުފައްދާ ގިނަ އަދަދެއްގެ ކުނި މަގުމައްޗަށް ނެރެ ޖަމާކުރާ ކުނިބުނި ދުވާރުމަތީގައާއި މަގުމަތީގައި ބަހައްޓަމުންގެންދާކަން ފާހަގަކުރެވެއެވެ. މި ގޮތަށް މަގުމަތީގައި ކުނި ބެހެއްޓުމަކީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ (2013/R-58) 11 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެކެވެ. އަދި އެކަމުގައި ސަބަބުން އާންމު ސާފުތާހިރުކަމަށާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމެކެވެ.

ވީމާ، ރަމަޟާންމަހާ ގުޅިގެން ހިންގޭ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު އުފެދޭ ކުނި ވީހާވެސް މަދުކުރުމަށާއި، އުފައްދާ ކުނި މަގުމައްޗަށް ޖަމާކޮށްފައި ނުބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދި ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ޚިލާފަށް މަގުމަތީގައި ކުނި ބަހައްޓާ ފަރާތްތަކާމެދު މި އެޖެންސީން ފިޔަވަޅު އަޅަމުންގެންދާނެކަން ހަނދުމަފުޅުކޮށްދެމެވެ.

30 މޭ 2016