މަސައްކަތް
ނަންބަރު: GS124/IUL/2016/19
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 13 ޖޫން 2016 10:00
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ކަރަންޓު ތުރީފޭހަށް ބަދަލުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ކަރަންޓު ތުރީފޭހަށް ބަދަލުކޮށްދޭނޭ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ނަންބަރު GS124/IUL/2016/14 (12 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލި ވާހަކަ މަޢުލޫމާތަށްޓަކައި ދަންވަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2016 ވާ ހޯމަ ދުވަހުގެ 10:00އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 10:00އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580316 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

25 ޝަޢުބާން 1437

01 ޖޫން 2016