ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ފޯކައިދޫ ކައުންސިލުން ފޯރުކޮށްދޭ ބޯފެން ރައްކާކުރުމަށް އެހީތެރިވެދޭ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 30 ކަޅުހަން މިރަށަށް ގެނެސްދިނުމުގެ މަސައްކަތް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: 277/2016/17 ( 23 މޭ 2016 ) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްޓަކައި އެކަށީގެންވާ އަދަދަށް ބޭފުޅުން ހާޒިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށްފީމެވެ.
ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކަޅުހަން ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ފޯކައިދޫ ކައުންސިލްގެ އިދާރާ |
އާދީއްތަ |
05 ޖޫން 2016 |
10.30 |
އަންދާސީހިސާބު ހުށަހެޅުން |
ފޯކައިދޫ ކައުންސިލްގެ އިދާރާ |
އާދީއްތަ |
12 ޖޫން 2016 |
10.30 |
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމުގެ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި އަދި ކޮންޓެކްޓަރުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި 6540048 / 7908983 ނަންބަރު ފޯނާ ގުޅުއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 ޝަޢުބާން 1437