މަސައްކަތް
ނަންބަރު: GS79/IULAAN/2016/38
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 12 ޖޫން 2016 13:30
އިހަވަންދޫ މަދަރުސާ
ދިވެހިރާއްޖެ
ނެޓްވާރކް ކޭބަލެއް ވަޅުލުމަށް

އިޢުލާން

ކޭބަލް ވަޅުލުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާއިން ފެށިގެން މި މަދަރުސާއަށް ނެޓްވާރކް ކޭބަލެއް ވަޅުލުމަށް ބޭނުންވެގެން ކޮށްފައިވާ އިޢުލާން ނަންބަރު GS79/IULAAN/2016/32 (9 މޭ 2016) އަށް ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ފުރިހަމަވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500096 ނަންބަރު ފޯނާއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

12 ޖޫން 2016 (އާދީއްތަ) ދުވަހުގެ 13:30 އަށް

21 ޖޫން 2016 (އަންގާރަ) ދުވަހުގެ 13:30 އަށް

25 ޝަޢުބާން‏ 1437

01 ޖޫން 2016