މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2016/057
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 13 ޖޫން 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މ. ވޭވަށު އިންޖީނުގެ ގޯތީގައި އޮފީސް ޢިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މ. ވޭވަށު އިންޖީނުގެ ގޯތީގައި އަލަށް އޮފީސް ޢިމާރާތެއް އެޅުމާ ގުޅޭ:

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މ. ވޭވަށު އިންޖީނުގެ ގޯތީގައި އަލަށް އޮފީސް ޢިމާރާތެއް އެޅުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2016/014 (03 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ މ. ވޭވަށު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ މ. ވޭވަށު ބްރާންޗަށެވެ.

މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

26 ޝަޢުބާން 1437

02 ޖޫން 2016