ދިވެހިރާއްޖެ
އިޢުލާން
އިންޖީން ކޮންޓްރޯލް މޮޑިއުލް، އޭ.ވީ.ޖީ އަދި އީ.އެފް.ސީ ޔުނިޓް ގަތުމާގުޅޭ:
މި ކުންފުނީގެ އެކިއެކި ބްރާންޗުތަކަށް ބޭނުންވާ އިންޖީން ކޮންޓްރޯލް މޮޑިއުލް، އޭ.ވީ.ޖީ (AVG) އަދި އީ.އެފް.ސީ ޔުނިޓް (EFC Unit) ގަންނަން ބޭނުންވެއެވެ.
ބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް 2016 ޖޫން 05 ން 09 ގެ ނިޔަލަށް ރަސްމީ ގަޑީގައި 10:30 ން 13:30 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލް [email protected] ނުވަތަ [email protected] އަށް ރިކުއެސްޓްކުރުމުން މަޢުލޫމާތު ކަރުދާސް މެއިލުކުރެވޭނެއެވެ. މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތުކަރުދާސް ގެންދަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
26 ޝަޢުބާން 1437