ކުއްޔަށް ހިފުން
ނަންބަރު: (IUL)SH-FAH-PL/SH-FAH/2016/20
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 09 ޖޫން 2016 11:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް

އިޢުލާން

އެޕާޓްމަންޓް ކުއްޔަށްހިފުން:

މި ހޮސްޕިޓަލްގެ ބޭނުމަށް 2 ނުވަތަ 3 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް ކުރި މި ހޮސްޕިޓަލްގެ ނަންބަރު: (IUL)SH-FAH-PL/SH-FAH/2016/19 (24 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އެޕާޓްމަންޓް ކުއްޔަށްހިފުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްފިޔަވައި އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހެޅުމަށާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

24 ޝަޢުބާން 1437

31 މޭ 2016