ދިވެހިރާއްޖެ
އިޢުލާން
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ފުރުޞަތު:
ލ. ގަމަކީ ބިންބޮޑު ދަތުރުފަތުރުގެ ޚަރަދު ބޮޑު ރަށަކަށްވުމުން އާންމު ރައްޔިތުން އުފުލަންޖެހޭ މާލީ ތަކުލީފު ކުޑަކުރުމަށް، ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް މި ކައުންސިލުން ނިންމައި ކުރި ނަންބަރު (IUL)399-EDS/399/2016/66 (12 މޭ 2016) އިޢުލާނާ ގުޅިގެން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އަލުން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމުގައި ހިމެނޭނެ ކަމަށް ބެލެވޭ ބައިތަކަކީ:
- ބަސް ސްޓޮޕްތައް ޤާއިމުކުރުން.
- ބަސް ހޯދުން.
- ބަސްޑިޕޯ ޤާއިމުކުރުން.
ޕަބްލިކް ޓްރާންސްޕޯޓް ޤާއިމުކޮށްދޭ ފަރާތަކަށް ލިބިދެވޭނެ ޢިނާޔަތް:
- އިންވެސްޓްމަންޓް ކަވަރުކުރުމަށް ވިޔަފާރިކުރުމުގެ ގޮތުން ބިމެއް ދޫކުރެވޭނެއެވެ.
ޕްރީބިޑް މީޓިންގ:
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތުދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ.
ހުށަހަޅަންވީ ތަކެތި:
- އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ސިޓީ.
- ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ.
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ.
- އަދި މިކަމާ ގުޅޭގޮތުން މުޢާމަލާތްކުރާނެ ފަރާތެއްގެ ފުރިހަމަ ނަމާއި މަޤާމާއި ނަންބަރު
- އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅާނީ 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ލ. ގަމު ކައުންސިލުގެ އިދާރާއަށެވެ. އީމެއިލްގެ ޒަރީޢާއިންނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ. ގަޑިޖެހިގެން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގަށްފަހު އެފަރާތްތަކަށް ޑީޓެއިލް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތުދެވޭނެއެވެ.
19 ޝަޢުބާން 1437