މަސައްކަތް
ނަންބަރު: (IUL)426-AB/426/2016/111
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 08 ޖޫން 2016 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި ޑަސްބިން ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:

އައްޑޫސިޓީގެ އިޖުތިމާޢީ ސަރަޙައްދުތަކުގައި ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)426-AB/426/2016/10 އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.         

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތުދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

23 ޝަޢުބާން 1437

30 މޭ 2016