ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެޗް.އާރް. އެންޑް އެޑްމިން އޮފިސަރ |
މަޤާމް: |
އޮފިސަރ |
މަޤާމުގެ ކްލެސިފިކޭޝަން: |
މަހަކު -/6،000 ރުފިޔާއާއި -/8،500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް) |
މުސާރަ: |
- ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ - އެޓެންޑަންސް އެލަވަންސް: މަހަކު -/3،000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ކޯޕަރޭޓް މެނޭޖްމެންޓް ޑިޕާޓްމަންޓް |
ބޭނުންވާ ސެކްޝަން |
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ |
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް: |
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެޗް.އާރް އެންޑް އެޑްމިންގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެޗް.އާރް އެންޑް އެޑްމިންގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ސަރުކާރުގެ ވަޒީފާއެއްގެ އެމް. އެސް. 2 ގެ ލެވެލެއްގައި މަސައްކަތްކޮށްފައިވުން. |
މަޤާމުގެ ޝަރުޠުތައް: |
- މި އޮފީހަށް އަންނަ ފޯނުކޯލްތަކަށާއި އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތްދިނުމާއި ރިސެޕްޝަނުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން. - އޮފީހަށް ލިބޭ ސިޓީއާއި އެހެނިހެން ލިޔުންތައް ރޫޓްކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން. - މި ކޯޕަރޭޝަނުގެ އާންމު އީމެއިލަށް އަންނަ މެއިލްތައް ބަލައި، މެއިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޖެނެރަލް މެއިލްތަކަށް ޖަވާބުދާރީވުން. - އޮފީހުގެ ސްޓޭޝަނަރީ ސްޓޮކްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ އިދާރީ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވުން. - އެހެނިހެން ޑިޕާޓްމަންޓްތަކަށް އޮފީސް ހިންގުމަށްޓަކައި ބޭނުންނާ އިދާރީ ކަންތައްތައް ފުރިހަމަކުރުން. - ކޯޕަރޭޝަނުގެ ހިއުމަން ރިސޯސަސްއާ ގުޅުންހުރި މަސައްކަތްތައް، ސުޕަވައިޒަރުގެ ބެލުމުގެދަށުން ކުރުން. - މުވައްޒަފުންގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ހޯދުމާއި، އެ ރިޕޯޓުތައް ތައްޔާރުކުރުން. - މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މުވައްޒަފުންނަށް ހާޒިރީއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަހުންމަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން. - މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. - ކޯޕަރޭޝަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ގެނައުމާއި، ފޮނުވާލުމާއި، ބިދޭސީންނާ ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރުން. - ހިއުމަން ރިސޯސަސްގެ މަސައްކަތުގައި އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން. - ކޯޕަރޭޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ. |
އިތުރު ޢިނާޔަތްތައް: |
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ. |
އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން: |
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. - ފަންނީ ޤާބިލްކަން ހުރި މިންވަރު. - އެޗް.އާރްގެ މަސައްކަތްތައް ހިންގުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު. |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިޢުލާނާއެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވުން) 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް، ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، [email protected] އަށް އީމެއިލްކުރުން އެދެމެވެ. |
ސުންގަޑި: |
މަޢުލޫމާތު ހޯދުމަށް ގުޅާނީ، 7826050 ނަންބަރު ފޯނަށެވެ. ގުޅާނީ، ހެނދުނު 8:00 އާއި ހަވީރު 4:00 އާ ދެމެދުގައެވެ. |
އިތުރު މަޢުލޫމާތު: |
25 ޝަޢުބާން 1437 |