މަސައްކަތް
ނަންބަރު: GS64/2016 /I/14
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 08 ޖޫން 2016 10:30
ހިރިލަންދޫ ސްކޫލް، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސުކޫލުގައި، ޕްރީސުކޫލް ކުދިންނަށް ޚާއްޞަކޮށްގެން ފާޚާނާއެއް ޢިމާރާތްކުރުން

މި ސުކޫލްގައި ކިޔަވާ ޕްރިސުކޫލު ދަރިވަރުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް 1 ފާޚާނާ ޢިމާރާތްކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް 2016 މޭ 24 ވަނަ ދުވަހު ކުރެވުނު ނަންބަރު: (GS64/2016/I/10) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 8 ވާ ބުދަ ދުވަހުގެ 10:30 އަށް މި ސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސް އެއް ފަރާތެއްގެ ނަމުގައެވެ. އެހެން ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރަން ހާޒިރުވާނަމަ، އެ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ގެންނަންވާނެއެވެ. 

31 މޭ 2016