ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2016/47
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 30 ޖޫން 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގދ. ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން:

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގދ. ތިނަދޫގައި ޢިމާރާތްކުރަމުންދާ 120 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު 01 ޖޫން 2016 އިން ފެށިގެން ވަނީ ހުޅުވާލެވިފައިއެވެ. މި ފްލެޓްތައް ބޭނުންވާ ފަރާތްތަކުން ފްލެޓަށް އެދި ހުށަހަޅުއްވާ ފޯމު ފުރިހަމަކުރުމަށްފަހު، 2016 ޖޫން 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގދ. ތިނަދޫ ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި ފްލެޓްތައް ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލު މި އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެއެވެ. ހަމައެއާއެކު މި ކައުންސިލުން ފޯމުދޫކުރަން ފަށާ ތާރީޚުން ފެށިގެން މި ފްލެޓްތަކަށް އެދޭ ފޯމާއި އުސޫލު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓު www.housing.gov.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އެހެންނަމަވެސް، ފޯމު ދޫކޮށް، ފޯމު ބަލައިގަންނާނީ މި އިދާރާއިންނެވެ.  

ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންކޮށް އަންގައި އިޢުލާންކުރީމެވެ.

23 ޝަޢުބާން 1437  

30 މޭ 2016