ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ލީގަލް އެޑްވައިޒަރ |
މަޤާމް: |
ލީގަލް އެޑްވައިޒަރުގެ މަޤާމުގެ މައިގަނޑު މަޤްޞަދަކީ، ކުންފުންޏަށް ލީގަލް އެޑްވައިޒް ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި، ދުވަހުން ދުވަހަށް ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކަށް ފޯރުކޮށްދޭންޖެހޭ ލީގަލް އެޑްވައިޒް ފޯރުކޮށްދިނުމާއި، ކުންފުނީގެ ކޮމާރޝަލް ޕްލޭނިންގެ މަސައްކަތްތައް ކުރިއަށްދާއިރު ޤާނޫނާއި ގަވާއިދު ލާޒިމްކުރާ ފަދައިން ގެންދިއުމަށް ލަފާއެރުވުން ހިމެނެއެވެ. |
މަޤްޞަދު: |
މެނޭޖަރ |
މަޤާމުގެ ކްލެސިފިކޭޝަން: |
މަހަކު -/15،200 ރުފިޔާއާއި -/17،900 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް) |
މުސާރަ: |
- ލިވިންގ އެލަވަންސް: މަހަކު -/4،000 ރުފިޔާ - އެޓެންޑަންސް އެލަވަންސް: މަހަކު -/3،000 ރުފިޔާ - އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް: މަހަކު -/5،000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ލީގަލް ޑިޕާޓްމެންޓް |
ބޭނުންވާ ސެކްޝަން: |
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ |
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެލް.އެލް.ބީ ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޤާނޫނީ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ ޝަރުޠުތައް: |
- ކުންފުނީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދު މުޠާލިޢާކޮށް އިޞްލާޙުކުރުމުގައި އެހީތެރިވެދިނުން. - ކުންފުންޏަށް ބޭނުންވާ ކޯމަރޝަލް ކޮންޓްރެކްޓްސް ތައްޔާރުކުރުމާއި، ސްޓޭކްހޯލްޑަރުންނާއި މަޝްވަރާކޮށް ދެފަރާތް އެއްބަސްވާ އުސޫލެއްގެމަތިން ކޮމާރޝަލް ކޮންޓްރެކްޓްސް ތައްޔާރުކުރުން. - ކުންފުންޏަށް ކުރިމަތިވާ ޤާނޫނީ އެކިއެކި މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުން. - ކޮންޓްރެކްޓް މެނޭޖްމެންޓް ސިސްޓަމެއް ޤާއިމްކޮށް، އޭގައިވާ ޕްރޮޓޮކޯލްތަކާ އެއްގޮތްވާގޮތުގެމަތިން ކުންފުނިން އެއްބަސްވެވޭ އެއްބަސްވެވުންތައް ބިނާވެފައިވޭތޯ ޔަގީންކޮށް ބެލެހެއްޓުން. - ވިޔަފާރީގެ ބޭނުންތަކަށް ތައްޔާރުކުރެވޭ އެއްބަސްވުންތައް ރިވިއުކޮށް، ވިޔަފާރީއަށް އެންމެ ފައިދާކުރަނިވި އުސޫލުތަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ފޯރުކޮށްދިނުން. - ވިޔަފާރީގެ ކޮންޓްރެކްޓްތައް މުޠާލިޢާކުރާނެ މަރުޙަލާއެއް ޤާއިމްކޮށް، ރިސްކް އެނަލަސިސް ހެދުން. - ކުންފުނީގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އެގްޒެކެޓިވް އެޕްރޫވަލް ޕްރޮސެސްއެއް ޤާއިމްކުރުން. - ކުންފުންޏަށް ޤާނޫނީ ލަފާ ބޭނުންވާ ހާލަތްތަކުގައި ޤާނޫނީ ލަފާ ފޯރުކޮށްދިނުން (އާންމު، ކޮމާރޝަލް، ކޯޕަރޭޓް، ޕްރޮކިއުމެންޓާއި ވަޒީފާއާ ގުޅޭ) - ރިސްކް އެނަލަސިސްގެ މަރުޙަލާގެދަށުން ކުންފުންޏަށް ކުރިމަތިވެދާނެ ގެއްލުންތަކާއި ފައިދާތައް މެނޭޖްކޮށް، މޮނިޓަރކޮށް އެކަށީގެންވާ ފިޔަވަޅު އެޅުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ. |
އިތުރު ޢިނާޔަތްތައް: |
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ. |
އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން: |
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. - ފަންނީ ޤާބިލްކަންހުރި މިންވަރު. |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިޢުލާނާއެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވުން) 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
2016 ޖޫން 9 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް، ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. އީމެއިލުން އެޕްލިކޭޝަނާއި ލިޔުންތައް ފޮނުވަން ބޭނުންވާ ފަރާތްތަކުން، [email protected] އަށް އީމެއިލްކުރުން އެދެމެވެ. |
ސުންގަޑި: |
މަޢުލޫމާތު ހޯދުމަށް ގުޅާނީ، 7826050 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ގުޅާނީ، ހެނދުނު 8:00 އާއި ހަވީރު 4:00 އާ ދެމެދުގައެވެ. |
އިތުރު މަޢުލޫމާތު: |
24 ޝަޢުބާން 1437 |