ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-HR/1/2016/76
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 14 ޖޫން 2016 13:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޕްރޮޖެކްޓްސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޕްރޮޖެކްޓްސް  އޮފިސަރ  

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2000  ރުފިޔާ

ރޭންކް: އެމް.އެސް1

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 2

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން       

ޝަރުޠު:

1- ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3-ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ކޮމްޕިއުޓިންގ/ އެޗް.އާރު ދާއިރާއިން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މިނިސްޓްރީ ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ދަށުން އަޅާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ މަސައްކަތެއް ދުވަހުން ދުވަހަށް ކުރުން.
  2. ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ހިންގުމަށް ސައިޓް އިންސްޕެކްޝަން ހެދުމަށްފަހު ދަތުރު ރިޕޯޓާއި އިންސިޑެންޝަލް ރިޕޯޓު ތައްޔާރުކޮށް ބަޖެޓް ސެކްޝަން އަދި ވެރިންނާއި ހިއްސާކުރުން.
  3. ދަތުރު ނިމުމަށްފަހު ދަތުރާއި ގުޅިގެން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ނިންމުން (ދަތުރާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔެކިއުންތައް ފޮނުވުން)
  4. ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ސްޓޭޓަސް ރިޕޯޓު ކޮންމެ ހަފުތާއަކު ހަދައި ވެރިންނާ ހިއްސާކުރުން.
  5. މިނިސްޓްރީން ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސް ތައްޔަރުކޮށް ބިޑިންގ މަރުހަލާ (މަޢުލޫމާތު ކަރުދާސް ތައްޔާރުކޮށް، މަޢުލޫމާތު ދިނުން އޮންނަ ދުވަހު މަޢުލޫމާތު ދީ، ބިޑް ހުށަހަޅާ ދުވަހު ބިޑުތައް ބަލައިގަތުން) ކުރިއަށް ގެންދިއުން.
  6. މިނިސްޓްރީ ރޭވިފައިވާ އަދި ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އިންސްޕެކްޝަން ދަތުރުތައް ކުރުމަށް ދަތުރު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް (ދަތުރު ޚަރަދު ހޯދުން، އެޗް.އާރް ސެކްޝަނަށް މަޢުލޫމާތު ދިނުން، އެކަމަޑޭޝަން ހަމަޖެއްސުން، އަދި ދަތުރާ ގުޅިގެން ފޮނުވަންޖެހޭ ސިޓީތައް ފޮނުވުން) ކުރުމަށް އެހީތެރިވެދިނުން.
  7. މިނިސްޓްރީ ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް މޮނިޓަރ ކުރުމަށް އެހީތެރިވެދިނުން.
  8. މިނިސްޓްރީ ރޭވިފައިވާ އަދި ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމަށް އެހީތެރިވެދިނުން.

ނޯޓް: 

-  މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.  

މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ.

މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

24 ޝަޢުބާން 1437

31 މޭ 2016