ދިވެހިރާއްޖެ
އިޢުލާން
ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގުލްއަލާ ގޯޅީގެ ލޭންޑްސްކޭޕިންގެ މަސައްކަތް މި މިނިސްޓްރީންދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަމެވެ.
މަޢުލޫމާތު ދިނުން
2016 ޖޫން 12 ވާ ދުވަހުގެ 11:00 އިން 12:00 އަށް
ޕްރީބިޑް މީޓިންގ
2016 ޖޫން 15 ވާ ދުވަހުގެ 11:00 އަށް
ބިޑް ހުޅުންވުން
2016 ޖޫން 19 ވާ ދުވަހުގެ 11:00 އަށް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
ފޯނު: 3004300 / 3004120
ފެކްސް: 3004301