ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް: ކަސްޓަމަރ ސަރވިސް ސެންޓަރ
މަޤާމުގެ ޝަރުޠު:
- ޝިފްޓް ޑިއުޓީގެ މަސައްކަތް ކުރުމާއި އަދި ރޭގަނޑު ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން
- ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލްގެ 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން
- އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ.
- މައިކްރޯސްފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
- އިނގިރޭސި ބަހާއި ދިވެހި ބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
- ޓީމަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
- ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން
- ހޭލުންތެރިކުރުމުގެ ޕޮރްގްރާމުތަކާއި އެހެނިހެން ކެމްޕޭނުތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން
ވަޒީފާގެ ޒިންމާތައް:
- ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި އަދި ހަމަޖެހިފައިވާ އުސޫލުން ޚިދުމަތްދިނުން
- ހުށަހެޅޭ ކޭސްތަކާ ގުޅިގެން "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކާއެކު މަޝްވަރާކުރުމާއި ހުއްދަ ހޯދުމާއި އަދި ފަރުވާލިބޭނެ ކަމުގެ ލިޔުން ހަވާލުކުރުން
- ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ހުރުމާއި، ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ގޮތް ނިންމުން
- ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ދިމާވާ މައްސަލަތައް، ރާއްޖެއިން ބޭރުގައި ތިއްބަވާ ކުންފުނީގެ މުވައްޒަފުންނާ ގުޅިގެން ހައްލުކުރުން
- ޓެލެފޯނުގެ ޒަރީޢާއިންނާއި މެއިލް މެދުވެރިކޮށް ކޭސްތަކާ ބެހޭގޮތުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، އިތުރު މައްސަލައެއް އޮތްނަމަ، މައްސަލައިގެ ތަފުސީލު ހޯދުމާއި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިނުން
- އިމަޖެންސީގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ އިންތިޒާމުތައް މެޑިކަލް ޓީމާއި، އޭވިއޭޝަން އޮފީސް އަދި ސީ-އެމްބިޔުލަންސް މެދުވެރިކޮށް ހަމަޖެއްސުން
- ކުންފުނީގެ މަސައްކަތާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
މުސާރައާއި ޢިނާޔަތް : ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2016 ޖޫން 08 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއްނުގަނަވޭނެއެވެ.
އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.